އައިއެންއައިއޭ ގެ އެއާ ޓްރެފިކް ކޮންޓްރޯލްގައި، އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ރާއްޖޭގެ ޖަމިއްޔާގެ ނައިބު ރައީސް އަމްހާރު ހަރަކާތްތެރިވަނީ |
އެއާ ޓްރެފިކް ކޮންޓްރޯލަރުންނާ ބެހޭ ބައިނަލްއަގްވާމީ ޖަމިއްޔާގެ މެމްބަރަކަށް ރާއްޖެ ވެއްޖެ އެވެ.
އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެއާ ޓްރެފިކް ކޮންޓްރޯލާސް އެސޯސިއޭޝަން (އިފާޓްކާ) ގެ މެމްބަރަކަށް، މޯލްޑިވްސް އެއާ ޓްރެފިކް ކޮންޓްރޯލާސް އެސޯސިއޭޝަން (މަޓްކާ) ވުމާ އެކު، އިފާޓްކާގެ 59 ވަނަ އަހަރީ ޖަލްސާގައި، މަޓްކާ އިން ވަނީ ބައިވެރިވެފަ އެވެ. މިދިޔަ ހުކުރު ދުވަހު ސްޕެއިންގައި އޮތް މި ބައްދަލުވުމުގައި ރާއްޖޭގެ އެސޯސިއޭޝަން ތަމްސީލު ކުރެއްވީ އެ ޖަމިއްޔާގެ ރައިސް ސައްދާމް އަހުމަދު ސައީދާއި ސެކްރެޓަރީ ޔޫސުފް ނައީމެވެ.
މަޓްކާގެ ނައިބު ރައީސް އަމްހާރު މަހްރާން މުހައްމަދު މިއަދު "ހަވީރަ"ށް ވިދާޅުވި ގޮތުގައި 66 މެމްބަރުން ހިމެނޭ މަޓްކާ، އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ބައިނަލް އަގްވާމީ ޖަމިއްޔާގެ މެމްބަރަކަށް ވުމަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންކަން އިތުރަށް ރަނގަޅު ކުރަން ފިޔަވަޅު އަޅަން ލިބޭނެ ބާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިންޓަނޭޝަނަލް ފެޑެރޭޝަނުން މައިގަނޑު ގޮތެއްގައި ކުރާ ކަމަކީ ވައިގެ ދަތުރުފަތުރާ ގުޅޭ ކަންކަމުގެ ރައްކާތެރިކަމާ ބެހޭ ގޮތުން އެޑްވައިޒް ދިނުމާއި އާ މައުލޫމާތުތައް ފޯރުކޮށްދިނުން. އަދި ޕްރޮފެޝަނަލް ހިޔާލުތައް ދީ، ވައިގެ ދަތުރުފަތުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަކީ އެ ޖަމާއަތުގެ އެންމެ މުހިންމު އެއް މަގުސަދު. އެ ޖަމިއްޔާގެ މެމްބަރަކަށް އަޅުގަނޑުމެން ވުމުން އެ ފުރުސަތު ވަރަށް ބޮޑަށް ފަހިވާނެ،" އަމްހާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ޖަމިއްޔާ އިން މަސައްކަތް ކުރަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ ގުޅިގެންނެވެ. އަދި އިފާޓްކާގެ މެމްބަރަކަށް ރާއްޖޭގެ ޖަމިއްޔާ ވުމަކީ، އެމްއޭސީއެލްއާ ގުޅިގެން އިތުރަށް ކުރިއަށް ގޮސް، ކަންކަން ރަނގަޅު ކުރުމަށް ލިބުނު ހިތްވަރެއް ކަމަށް އަމްހާރު ވިދާޅުވި އެވެ.
"ފެޑެރޭޝަންގެ އަހަރީ ބައްދަލުވުމަށް ދައުވަތު ދެނީ އެ ބޭފުޅުންނަށް އެ އަހަރަކު ފެންނަ ބަޔަކަށް. އެ ގޮތުގެ މަތިން އަޅުގަނޑުމެންނަށް ވެސް މި އަހަރު ދައުވަތު ލިބުނީ. އަޅުގަނޑުމެން ދެކެނީ މިއީ ރާއްޖޭގެ އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ޖަމިއްޔާ 2008 ގައި ރަޖިސްޓްރީ ކޮށްގެން މިހާތަނަށް ކުރި މަސައްކަތް ފެޑެރޭޝަނުން ބަލައިގަތް ކަމުގެ ހެއްކެއް މިއީ،" އަމްހާރު ވިދާޅުވި އެވެ.
އެއާ ޓްރެފިކް ކޮންޓްރޯލަރުންނާ ބެހޭ ބައިނަލްއަގްވާމީ ޖަމިއްޔާގައި 130 އަށް ވުރެ ގިނަ އެއާޓްރެފިކް ކޮންޓްރޯލަރުންގެ ޖަމިއްޔާތަކުން 50،000 އަށް ވުރެ ގިނަ އެއާ ޓްރެފިކް ކޮންޓްރޯލަރުން ތިބެ އެވެ.

ޚަބަރު ނެގީ: ހަވީރު އޮންލައިން އިން
0 comments:
Post a Comment