Showing posts with label ދިވެހި. Show all posts
Showing posts with label ދިވެހި. Show all posts

Thursday, November 12, 2015

އެއަރޓްރެފިކް ކޮންޓްރޯލަރ ނަމޫނާއަކަށް ބަލައިގެން ކުލާސްރޫމު ބެލެހެއްޓުން

ސްކޫލްތަކުން މިއަދު ވާހަކަދައްކަން ޖެހިފައިވަނީ އޮޅުންބޮޅުންތައް ގިނަ އަދި އޮޅުންބޮޅުންތައް އިތުރުވަމުންދާ ދަރިވަރުންގެ އާބާދީއަކަށް ދިމާވާ މައްސަލަތަކަކާއިމެދު ގައެވެ. މިފަދަ ތަފާތު، މައްސަލަތަކެއް ދަރިވަރުންގެ ފަރާތުން ކުރިމަތިވަމުން ދާއިރު، އެކަންތައްތަކަށް ދުރާލާ ތައްޔާރުވެ ބިނާކުރަނިވި ފިޔަވަޅު އެޅުއްވުމަކީ މުދައްރިސުން ކުރައްވަން ޖެހިލައްވާކަމެކެވެ. މި ކަންތައް މުދައްރިސުން ކުރައްވަން ޖެހިލައްވަނީ ޖަޒުބާތީ އަދި ސުލޫކީ މައްސަލަތައް ހުންނަ ދަރިވަރުންނާއި އަދި އެނޫން ދަރިވަރުންގެ އުނގެނުން މަތިކުރައްވަން ކުރައްވާ މަސައްކަތާއި އެކު އެކީގައެވެ.

Wednesday, October 21, 2015

އެއާޕޯޓް ޓަވަރުގެ މަސައްކަތްތައް އަމިއްލަ ތަޖުރިބާ އިން

މިއީ 2015 ވަނަ އަހަރުގެ ދުނިޔޭގެ އެއަރ ޓްރެފިކް ކޮންޓްރޯލަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދުވަހު ނޫސް ވަގުތުން ތައްޔާރުކޮށްފައިވާ
ލިޔުމެކެވެ. ލިޔުނީ 

އެއާޕޯޓެއްގެ ރަންވޭއަށް ފްލައިޓެއް ޖައްސާ މަންޒަރަކީ ގިނަ ބަޔަކު ހިތްގައިމުކަމާ އެކު ބަލާލަން އެދޭ މަންޒަރެކެވެ. މަތިންދާ ބޯޓެއް ވައިމަތީގައި އުދުހޭތަން ފެނުމުން ގިނަ ބައެއްގެ ހިތްތަކަށް އުފާވެރިކަން ގެނެސްދެއެވެ. ނަމަވެސް އެއް މަންޒިލުން ނައްޓާލައިގެން އަނެއް މަންޒިލާ ހަމައަށް ދެވެންދެން ވައިމަތީގައި، ބޯޓުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ އުދުހެން ވީ މަގު ދައްކައި ދެނީ ވަކި ތަނަކުންނެވެ. އެއީ ކޮންމެ އެއާޕޯޓެއްގައިވެސް ގާއިމް ކޮށްފައި ހުންނަ އެއާރ ޓްރެފިކް ކޮންޓްރޯލް ސެންޓަރެވެ.
އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރުގެ ބޭނުމަކީ އެ އެއާޕޯޓެއްގައި، ފްލައިޓުތައް ޖައްސާއިރާއި ނައްޓާލާއިރު އަމަލު ކުރަންޖެހޭ ގޮތުގެ އިރުޝާދު ދިނުމެވެ. އެއާ ޓްރެފިކް ކޮންޓްރޯލް އާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށްޓަކައި ވަގުތުގެ ނޫސްވެރިން ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާޕޯޓު ޓަވަރަށް ޒިޔާރަތްކޮށް އެތަނުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތާއި ތަނުން ދޭ ހިދުމަތްތަކާ ބެހޭ މައުލުމާތު އެއްކޮށްފައެވެ.
އެއާޕޯޓް ކޮންޓްރޯލް ޓަވަރގެ މުވައްޒަފަކު މަސައްކަތުގައި – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ
އެއާޕޯޓް ކޮންޓްރޯލް ޓަވަރގެ މުވައްޒަފަކު މަސައްކަތުގައި – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ
މިއަދަކީ ދުނިޔޭގެ އެއާ ކޮންޓްރޯލަރުންގެ ދުވަސް ކަމަށް ވުމާއެކު މި ލިއުމުގައި އަޅުގަނޑު ތިޔަ ބޭފުޅުންނާ ހިއްސާ ކޮށްލާނީ އެއާޕޯޓު ޓަވަރުގެ ބޭނުމާއި ޓަވަރުން ފްލައިޓުތަކަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ އިތުރުން ޓަވަރުގައި މުއައްޒަފުން މަސައްކަތް ކުރާ ގޮތުގެ ކުރު ތަފްސީލެކެވެ.
އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރ ބަހާފައިވަނީ މައިގަނޑު ހަތަރު ބަޔަކަށެވެ. އެއީ އޭރިއާ ކޮންޓްރޯލް ޔުނިޓާއި އެޕްރޯޗް ކޮންޓްރޯލް ޔުނިޓުގެ އިތުރުން އެއިރޯޑްރޯމް ކޮންޓްރޯލް ޔުނިޓު އަދި ގްރައުންޑް ކޮންޓްރޯލް ޔުނިޓެވެ. މި ހަތަރު ޔުނިޓުތަކުގެ ތެރެއިން އޭރިއާ ކޮންޓްރޯލް ޔުނިޓާއި އެޕްރޯޗް ކޮންޓްރޯލް ޔުނިޓު ގާއިމްކޮށްފައި ހުންނަނީ ޓަވަރު އިމާރާތުގެ ތެރޭގައި، ހަދާފައި ހުންނަ އޮފީސް ބައިގެ ތެރޭގައިއެވެ. ޓަވަރުގެ ހުރިހާ ކަންތައްތަކެއް ބަލަހައްޓަނީ ޓަވަރު އިމާރާތުގައެވެ އެތަނުގެ އެޑްމިން ބަޔާއި ޓެކްނިކަލް ބައިގެ އިތުރުން ސްޓޯ ރޫމްވެސް ހުންނަނީ ޓަވަރު ހުންނަ އިމާރާތު ތެރޭގައެވެ. ދުރުން ބަލާލާއިރު ކުޑައެއް ކަމަކު އެއާޕޯޓު ޓަވަރަކީ ބޮޑު އަދި ފުޅާ ތަނެކެވެ.
އެއާޕޯޓް ކޮންޓްރޯލް ޓަވަރ އިން ބޭރު ފެންނަ ގޮތް – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ
އެއާޕޯޓް ކޮންޓްރޯލް ޓަވަރ އިން ބޭރު ފެންނަ ގޮތް – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ
އަޅުގަނޑު ދެން އަވަސް ވެގަންނާނީ ޓަވަރުގެ ވަކި ވަކި ބައިތަކުން ކުރާ މަސައްކަތްތަކާއި ދޭ ހިދުމަތްތަކުގެ ތައާރަފެއް ތިޔަބޭފުޅުންނާ ހިއްސާ ކޮށްލުމަށެވެ.
އޭރިއާ ކޮންޓްރޯލް
އޭރިއާ ކޮންޓްރޯލަރުން ކުރާ މައިގަނޑު މަސައްކަތަކީ މުޅި ރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓާ އަދި މޮނިޓާ ކުރުމެވެ. އަދި ވައިމަތީގައި ހިނގައިދާނެ ނުރައްކާތެރި ހާދިސާއަކުން މި ސަރަހައްދުގައި ދަތުރުކުރާ ފްލައިޓުތައް ރައްކާތެރިކަމާއެކު އެއާޕޯޓާ ހަމައަށް އައުމަށް އެހީތެރިވެދިނުމަކީވެސް އޭރިއާ ކޮންޓްރޯލަރުގެ މަސްއޫލިއްޔަތެކެވެ. ރާއްޖޭގެ ވައިގެ ސަރަހައްދަށް ވަންނަ ކޮންމެ ބޯޓެއްގެ ރައްކާތެރިކަމަށް އޭރިއާ ކޮންޓްރޯލުން ސަމާލުވާން ޖެހެއެވެ. އަދި އެއާޕޯޓަށް ލޭންޑު ކުރުމަށް، 14،000 ފޫޓަށް ބޯޓު ތިރިކުރުމުން އޭރިއާ ކޮންޓްރޯލްގެ މަސްއޫލިއްޔަތު ނިމުނީއެވެ. 14،000 ފޫޓަށް ބޯޓު ތިރިވުމުން ބޯޓުގެ ބެލެނިވެރިކަމާ ހަވާލު ވާނީ އެޕްރޯޗް ކޮންޓްރޯލުންނެވެ. ރާއްޖޭގެ ވައިގެ ސަރަހައްދު ހުރަސްކޮށް އެހެން ގައުމުތަކަށް ދަތުރު ކުރާ ބޯޓުތައް ރާއްޖޭގެ ވައިގެ ސަރަހައްދުން ބޭރަށް ދަންދެން އެބޯޓުތަކުގެ ސަލާމަތަށް ކޮންޓްރޯލަރުން ވިސްނަން ޖެހެއެވެ.
އެއާޕޯޓް ކޮންޓްރޯލް ޓަވަރގެ މުވައްޒަފަކު މަސައްކަތުގައި – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ
އެއާޕޯޓް ކޮންޓްރޯލް ޓަވަރގެ މުވައްޒަފަކު މަސައްކަތުގައި – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ
އެޕްރޯޗް ކޮންޓްރޯލް
އެޕްރޯޗް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތަކީ މާލެއިން ފެށިގެން 50 ނޯޓިކަލް މޭލު ބޭރުން، 14،000 ފޫޓު ތިރިން، މާލޭ އެއާޕޯޓަށް ޖައްސަން އަންނަ ފްލައިޓުތައް އެއާޕޯޓުގައި ލޭންޑު ކުރަންދެން އެފްލައިޓުތަކަށް ލޭންޑު ކުރުމާ ގުޅޭ ގޮތުން އިރުޝާދު ދިނުމެވެ.
ލޭންޑު ކުރަން އެއްފަހަރާ 10 ވަރަށް ބޯޓުވެސް އަންނަ ކަމަށް އެއާޕޯޓު ޓަވަރުން މައުލޫމާތު ދިން އޮފިޝަލަކު ވަގުތަށް ވިދާޅުވިއެވެ. އަދި އެފަދަ ހާލަތްތަކުގައި ފުރަތަމަ ލޭންޑު ކުރަންވީ އުޅަނދާއި މަތީގައި ދެން ތިބި އުޅަނދުތަކުން އަމަލު ކުރަންވީ ގޮތް އެޕްރޯޗް ކޮންޓްރޯލަރުން އެ އުޅަނދުތަކަށް ކިޔައިދޭނެކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި އެއާޕޯޓަށް ޖައްސަން އަންނަ އުޅަނދުތައް، އެކަތި އަނެކައްޗާއި ވަކި ދުރުމިނެއްގައި ބެހެއްޓުމަކީވެސް އެޕްރޯޗް ކޮންޓްރޯލަރެއްގެ ޒިންމާއެއް ކަމަށެވެ. އަދި އެއާޕޯޓުން ނައްޓާލާ އުޅަނދުތައްވެސް އެކަތި އަނެއްކައްޗާއި ވަކި ދުރުމިނެއްގައި ބެހެއްޓުމަކީވެސް ކޮންޓްރޯލަރުންގެ ޒިންމާއެއްކަމަށް އޭނާ ވިދާޅުވިއެވެ.
އެޕްރޯޗް ކޮންޓްރޯލަރުންނާއި އޭރިއާ ކޮންޓްރޯލަރުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރުގަދަ އަދި ތޫނުފިލި ބަޔަކަށް ވާންޖެހެއެވެ. ކުއްލި ހާލަތެއް ދިމާވެއްޖެ ހިނދެއްގައި ނިންމަން ޖެހޭ އެންމެ ރަނގަޅު ނިންމުން ވަގުތުން ވަގުތަށް ނެގޭނެ ފެންވަރު ހުރި މީހަކަށް ވާން ޖެހެއެވެ.
އެއާޕޯޓް ޓަވަރުގައި ބޭނުން ކުރާ ބައެއް ތަކެތި – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ
އެއާޕޯޓް ޓަވަރުގައި ބޭނުން ކުރާ ބައެއް ތަކެތި – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ
އެއިރޯޑްރޯމް ކޮންޓްރޯލް (އެއާޕޯޓް ކޮންޓްރޯލް)
އެއިޑްރޯމް ކޮންޓްރޯލަރުންގެ މަސްއޫލިއްޔަތަކީ ކޮންޓްރޯލް ޓަވަރުގެ އެންމެ މަތީ ބައިގައި ތިބެގެން އެއާޕޯޓަށް ޖައްސާ އަދި އެއާޕޯޓުން ނައްޓާލާ އުޅަނދުތައް، އެކަތި އަނެއްކައްޗާއި ދެމެދު ހުންނަ ދުރުމިން ބަލައި އެކަށީގެންވާ ދުރުމިނެއްގައި ބޯޓުތައް މެއިންޓެއިން ކުރުމެވެ. އޭގޮތުން ބޯޓުތައް ފުރުމުގެ އާއި ލޭންޑު ކުރުމަށް ބޯޓުތައް ތަރުތީބު ކުރުންވެސް އެއާޕޯޓު ކޮންޓްރޯލާގެ މަސްއޫލިއްޔަތު ތެރޭގައި ހިމެނެއެވެ.
ގްރައުންޑު ކޮންޓްރޯލް
ގްރައުންޑް ކޮންޓްރޯލަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ރަންވޭއިން ނައްޓާލާ އުޅަނދުތައް ޓޭކްއޮފް ކުރަން އިރުޝާދު ދިނުމާއި ފްލައިޓުތައް ރަންވޭއަށް ޖެއްސުމަށް އިރުޝާދު ދިނުމެވެ. އަދި ޓޭކްއޮފް ކުރާ އުޅަނދެއްނަމަ ޓޭކް އޮފް ކުރާ ހިސާބުން އެބޯޓެއްގެ ކޮންޓްރޯލް އެޕްރޯޗް ކޮންޓްރޯލަރާއި ހަވާލު ކުރެއެވެ. އަދި އެއާޕޯޓާ 50 ނޯޓިކަލް މޭލު ބޭރުން 14000 ފޫޓަށްވުރެ މައްޗަށް އެރުމުން އެޕްރޯޗް ކޮންޓްރޯލާ އެބޯޓެއް ހަވާލު ކުރެއެވެ.
އެއާޕޯޓް ކޮންޓްރޯލް ޓަވަރގެ މުވައްޒަފަކު މަސައްކަތުގައި – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ
އެއާޕޯޓް ކޮންޓްރޯލް ޓަވަރގެ މުވައްޒަފަކު މަސައްކަތުގައި – ވަގުތު ފޮޓޯ : އަޝްހާދް އަބްދުﷲ
މި ލިޔުމުގައި އަޅުގަނޑު ތިޔަ ބޭފުޅުންނާ ހިސާބަށް މިގެނެސްދިނީ އެއާޕޯޓު ޓަވަރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ކޮންޓްރޯލް ޓަވަރުގެ މުއައްޒަފުން ނުވަތަ ކޮންޓްރޯލަރުން ފްލައިޓުތައް ކޮންޓްރޯލްކޮށް ސަލާމަތްތެރިކަމާއެކު އެއާޕޯޓު ރަންވޭއާ ހަމައަށް ގެނެސްދިނުމުގައި ކުރާ މަސައްކަތްތަކުގެ ކުޑަ ތައާރަފެކެވެ. ބަލާބެލުމަށް ކުޑަކަމެއްގެ ގޮތުގައި ސިފަ ވިޔަސް ކޮންޓްރޯލަރެއްގެ ޒިންމާ ވަރަށް ބޮޑެވެ. ހެދޭ އެންމެ ގޯހަކުންވެސް އެތައް ބައެއްގެ ފުރާނައަށް ނުރައްކާވުން އެކަށީގެންވެއެވެ.
މާލޭ އެއާޕޯޓުގައި މިހާރު 80 އަށް ވުރެ ގިނަ ކޮންޓްރޯލަރުން ތިބި އިރު އޭގެ ތެރޭގައި ހަތް އަންހެން ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މިއީ ދިވެހި އަންހެނުންނަށް ލިބޭ ފަހުރެކެވެ. އެފަދަ ބޮޑެތި ޒިންމާތައް އަންހެނުންނަށް ނުނެގޭކަމަށް ހީކުރާ ހީކުރުންތަކަށް ދެވޭ ރައްދު ޖަވާބެއްވެސް މެއެވެ.
ޓަވަރުގެ މަސައްކަތްތައް އާންމު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ވަގުތު ޓީމަށް މާލޭ އެއާޕޯޓްސް ކުންފުނިން ދިން އެއްބާރުލުން ފާހަގަކުރައްވައި އެކުންފުނީގެ މެނޭޖްމެންޓަށް ޝުކުރު ދަންނަވަމެވެ.

Saturday, November 29, 2014

Kadhdhoo Airport to be transformed into a military airport

The government has decided to convert the airport in L. Kadhdhoo into a military airport.

Speaking to a local media, Colonel Retired Muhammad Naazim, the Minister of Defence, said that the airport has been handed over to his ministry for the work of transformation. He also said that the necessary work would be done and the airport would begin operations as a military airport starting from the coming January.

The Minister said helicopters used by the Maldives National Defence Force would be relocated there that when the transformation is complete. He also said that the ministry is trying to get aircrafts to be used by the MNDF with the new facility.

The Minister said that domestic flight operations would continue uninterrupted, and that new jobs would be created at the Airport with the change.

“This would not disturb the domestic flights. Our facilities would be installed there, and new jobs would be created”, said the Minister. 

ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ވިދާޅުވީ ކައްދޫ އެއާޕޯޓު އަސްކަރީ އެއާޕޯޓަކަށް ބަދަލުކުރުމަށްޓަކައި ޑިފެންސް މިނިސްޓްރީއާ އެ އެއާޕޯޓު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އަންނަ ޖެނުއަރީ މަހުން ފެށިގެން އެތަން އަސްކަރީ އެއާޕޯޓަކަށް ބަދަލުކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަސްކަރީ އެއާޕޯޓަކަށް ބަދަލުވުމުން އެމްއެންޑީއެފް އިން ބޭނުންކުރާ ހުރިހާ ހެލިކޮޕްޓަރުތައް ވެސް އެތަނަށް ބަދަލުކުރާނެ ކަމަށެވެ. އަދި އެއެއާޕޯޓުގައި ބޭނުންކުރާ ވައިގެ އުޅަނދުފަހަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

އަސްކަރީ އެއާޕޯޓަކަށް ބަދަލުކުރިނަމަވެސް ކައްދޫ އެއާޕޯޓުގެ ޑޮމެސްޓިކް އޮޕަރޭޝަންސްތަކަށް ބުރުލެއް ނާރާނެ ކަމަށާއި އެކަމުގެ ސަބަބުން ވަޒީފާގެ ފުރުސަތައް އިތުރުވެގެންދާނެ ކަމަށް ވެސް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

"މިގޮތަށް ހެދުމަކުން ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ބުރުލެއް ނާރާނެ. ޑޮމެސްޓިކް އޮޕަރޭޝަންތައް ހިންގަމުންދާއިރު އަޅުގަނޑުމެންގެ އެއްޗިހި އެތާ ބަހައްޓާނީ. މީގެއިތުރުން ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެ،" ނާޒިމް ވިދާޅުވިއެވެ. 

Monday, May 12, 2014

އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ޖަމިއްޔާގެ މެމްބަރަކަށް ރާއްޖޭގެ ޖަމިއްޔާ ވެއްޖެ

އައިއެންއައިއޭ ގެ އެއާ ޓްރެފިކް ކޮންޓްރޯލްގައި، އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ރާއްޖޭގެ ޖަމިއްޔާގެ ނައިބު ރައީސް އަމްހާރު ހަރަކާތްތެރިވަނީ
 އެއާ ޓްރެފިކް ކޮންޓްރޯލަރުންނާ ބެހޭ ބައިނަލްއަގްވާމީ ޖަމިއްޔާގެ މެމްބަރަކަށް ރާއްޖެ ވެއްޖެ އެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެއާ ޓްރެފިކް ކޮންޓްރޯލާސް އެސޯސިއޭޝަން (އިފާޓްކާ) ގެ މެމްބަރަކަށް، މޯލްޑިވްސް އެއާ ޓްރެފިކް ކޮންޓްރޯލާސް އެސޯސިއޭޝަން (މަޓްކާ) ވުމާ އެކު، އިފާޓްކާގެ 59 ވަނަ އަހަރީ ޖަލްސާގައި، މަޓްކާ އިން ވަނީ ބައިވެރިވެފަ އެވެ. މިދިޔަ ހުކުރު ދުވަހު ސްޕެއިންގައި އޮތް މި ބައްދަލުވުމުގައި ރާއްޖޭގެ އެސޯސިއޭޝަން ތަމްސީލު ކުރެއްވީ އެ ޖަމިއްޔާގެ ރައިސް ސައްދާމް އަހުމަދު ސައީދާއި ސެކްރެޓަރީ ޔޫސުފް ނައީމެވެ.

މަޓްކާގެ ނައިބު ރައީސް އަމްހާރު މަހްރާން މުހައްމަދު މިއަދު "ހަވީރަ"ށް ވިދާޅުވި ގޮތުގައި 66 މެމްބަރުން ހިމެނޭ މަޓްކާ، އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ބައިނަލް އަގްވާމީ ޖަމިއްޔާގެ މެމްބަރަކަށް ވުމަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންކަން އިތުރަށް ރަނގަޅު ކުރަން ފިޔަވަޅު އަޅަން ލިބޭނެ ބާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންޓަނޭޝަނަލް ފެޑެރޭޝަނުން މައިގަނޑު ގޮތެއްގައި ކުރާ ކަމަކީ ވައިގެ ދަތުރުފަތުރާ ގުޅޭ ކަންކަމުގެ ރައްކާތެރިކަމާ ބެހޭ ގޮތުން އެޑްވައިޒް ދިނުމާއި އާ މައުލޫމާތުތައް ފޯރުކޮށްދިނުން. އަދި ޕްރޮފެޝަނަލް ހިޔާލުތައް ދީ، ވައިގެ ދަތުރުފަތުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަކީ އެ ޖަމާއަތުގެ އެންމެ މުހިންމު އެއް މަގުސަދު. އެ ޖަމިއްޔާގެ މެމްބަރަކަށް އަޅުގަނޑުމެން ވުމުން އެ ފުރުސަތު ވަރަށް ބޮޑަށް ފަހިވާނެ،" އަމްހާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ޖަމިއްޔާ އިން މަސައްކަތް ކުރަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ ގުޅިގެންނެވެ. އަދި އިފާޓްކާގެ މެމްބަރަކަށް ރާއްޖޭގެ ޖަމިއްޔާ ވުމަކީ، އެމްއޭސީއެލްއާ ގުޅިގެން އިތުރަށް ކުރިއަށް ގޮސް، ކަންކަން ރަނގަޅު ކުރުމަށް ލިބުނު ހިތްވަރެއް ކަމަށް އަމްހާރު ވިދާޅުވި އެވެ.

"ފެޑެރޭޝަންގެ އަހަރީ ބައްދަލުވުމަށް ދައުވަތު ދެނީ އެ ބޭފުޅުންނަށް އެ އަހަރަކު ފެންނަ ބަޔަކަށް. އެ ގޮތުގެ މަތިން އަޅުގަނޑުމެންނަށް ވެސް މި އަހަރު ދައުވަތު ލިބުނީ. އަޅުގަނޑުމެން ދެކެނީ މިއީ ރާއްޖޭގެ އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ޖަމިއްޔާ 2008 ގައި ރަޖިސްޓްރީ ކޮށްގެން މިހާތަނަށް ކުރި މަސައްކަތް ފެޑެރޭޝަނުން ބަލައިގަތް ކަމުގެ ހެއްކެއް މިއީ،" އަމްހާރު ވިދާޅުވި އެވެ.

އެއާ ޓްރެފިކް ކޮންޓްރޯލަރުންނާ ބެހޭ ބައިނަލްއަގްވާމީ ޖަމިއްޔާގައި 130 އަށް ވުރެ ގިނަ އެއާޓްރެފިކް ކޮންޓްރޯލަރުންގެ ޖަމިއްޔާތަކުން 50،000 އަށް ވުރެ ގިނަ އެއާ ޓްރެފިކް ކޮންޓްރޯލަރުން ތިބެ އެވެ.

ޚަބަރު ނެގީ: ހަވީރު އޮންލައިން އިން

Friday, March 7, 2014

239 ފަސިންޖަރުންނާ އެކު ދަތުރުކުރި މެލޭޝިޔާގެ މަތިންދާބޯޓެއް ގެއްލިއްޖެ

ކުއާލަލަމްޕޫރު(މާޗް 8) : މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުން ފުރައިގެންޗައިނާގެ ބީޖިން އަށް ދަތުރުކުރި މެލޭޝިއާ އެއާލައިންސްގެ ފްލައިޓް ނަންބަރު އެމްއެޗް 370ގެ މަތިންދާބޯޓާ ގުޅުން ކެނޑިއްޖެ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.

މެލޭޝިޔާ އެއަރލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެމްއެޗް 370 ފްލައިޓް ގެއްލުނީ ރޭ މެންދަމު މެލޭޝިއާ ގަޑިން 2:40ގައި ކަމަށާއި ޗައިނާ ގަޑިން ހެނދުނު 6:30 ގައި އެފްލައިޓް ބެއިޖިން އިންޓަނޭޝަނަލް އެއަޕޯޓަށް ޖައްސަންޖެހޭނެ ކަމުގަ އެވެ. ބޮއިން ބީ 200-777 މަރުކާގެ އެ ބޯޓު ދަތުރުކުރަމުން ދިޔައީ 239 މީހުންނާ އެކުގައިކަމަށާއި އޭގެތެރޭގައި ތުއްތު ދެ ކުދިންނާ އެކު 227 ފަސިންޖަރުންނާއި 12 ފަޅުވެރިން ހިމެނޭކަމުގަ އެވެ. އެބޯޓުގެ ފަސިންޖަރުންގެ ތެރޭގައި 13 ގައުމެއްގެ މީހުން ހިމެނޭއިރު މީގެތެރޭގައި ޗައިނާގެ 160 މީހުން ހިމެނޭކަމަށް ޗައިނާގެ ޒިންހުވާ ނޫސްއެޖެންސީ ބުނެ އެވެ.

މެލޭޝިޔާ އެއަރލައިން ގްރޫފްގެ ސީއީއޯ އަހްމަދު ޖަވްހަރީ ޔަހްޔާ ވިދާޅުވީ އެބޯޓާ މެލޭޝިޔާގެ އެއަރޓްރެފިކް ކޮންޓްރޯލާ ގުޅުން ކެނޑުނީ ވިއެޓްނާމް ގެމަތިން އުދުހެމުން ދަނިކޮށެވެ. ދުނިޔޭގެ 80 އެއަރޕޯޓަކަށް ދުވާލަކު ގާތްގަނޑަކަށް 37 ހާހެއްހާ ޕަސެންޖަރުން އުފުލާ މެލޭޝިޔާ އެއަރލައިން އަކީ ނިސްބަތުން މައްސަލަތައް ކުޑަ އަދި ވަރަށް ރަނގަނޅަށް ސަލާމަތާއި މެއިންޓެއިންގެ ކަންތައްތައް ބަލަހައްޓާ އަދި އިތުބާރު ބޮޑު އެއަރލައިން އެކެވެ. މިހާދިސާއާ ގުޅިގެން އެފްލައިޓުން ދަތުރުކުރި މީހުންގެ އާއިލާތަކަށް ވަނީ ބޮޑު ޝޮކެއް ކުރިމަތިވެފަ އެވެ. (ނޫސްއެޖެންސީތައް)

Thursday, March 6, 2014

ސަމާސައަކަށް ކޮށްލެވޭ ކުޑަކުޑަކަމެއްވެސް ހީނުކުރާވަރުގެ ބޮޑުކަމަކަށް ވެދާނެ

ސަމާސާ ކުރުމަކީ މައްސަލައެއް ނޫނެވެ. ސަމާސާ ކުރަންޖެހޭ ކަންކަމުގައެވެ. އެކަމަށް އެންމެ އެކަށޭނަ ދަނޑިވަޅުތަކުގައެވެ. އެކަމަށް އެކަށޭނަ މީހުންނާއި އެކުގައެވެ. ނަމަވެސް ކޮންމެ ކޮންމެ ކަމެއްގައި ސަމާސާ ކުރާކަށް ނުވާނެއެވެ. ސަމާސާ އަކީ ވިހަވާ އެއްޗެއްކަމުން އެކަށީގެންނުވާ ސަމާސާއެއްގެ ސަބަބުން އެ ސަމާސާ ހީވެސް ނުކުރާހާ ވިހަ އެއްޗަކަށް ވެދާނެއެވެ.
މިސާލަކަށް: ސަމާސާއަކަށް ހަދާފައި މަތިންދާ ބޯޓަކަށް ލޭޒަރ ލައިޓް އެޅުވުމަކީ އާދައިގެކަމެއް ނޫނެވެ. އެއީ ސީރިއަސް ކަމެކެވެ. ބައެއް ފަހަރާ އެކަން ޓެރަރިޒަމްގެ ޢަމަލަކަށްވެސް ވެދެއެވެ. އެހެން ވެފައިވެސް އެބަހުއްޓެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 23 ވަނަ ދުވަހު ވަނީ އެފަދަކަމެއް ހިނގާފައެވެ. މީޑިއާގައި އެ ޚަބަރުވަނީ ޢާއްމުވެފައެވެ. އެއީ މާލެއިން ކައްދު އަށް ފުރަން ތައްޔާރުވެފައި އޮތް ފްލައިމީގެ ބޯޓެއް ގޮއްވާލާނެ ކަމަށް ބުނި ހަތަރު މީހަކު އޭވިއޭޝަން ސެކިއުރިޓީގެ ބެލުމުގެ ދަށަށް ގެންދާން ޖެހުމެވެ.
މިމައްސަލައާއި ގުޅިގެން ސިފައިންގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރު ކާނަލް މުހައްމަދު ޒިޔާދު "ހަވީރަ"ށް ވިދާޅުވީ އެ ހަތަރު މީހުން ބޯޓް ގޮއްވާލާނެ ކަމަށް ބުނީ ފްލައިޓް ޑިލޭވަމުން ދިއުމުން ރުޅިގަދަވެގެން ކަމަށާއި އެއީ ސަމާސާއަކަށް ބުނި ވާހަކައެއް ކަމަށް އެ މީހުން ފަހުން ބުނެފައިވާ ކަމަށެވެ.

"ނަމަވެސް މިފަދަ މައްސަލަތަކުގައި އަޅުގަނޑުމެން ފިޔަވަޅު އަޅަންޖެހޭ. އެއީ އޭވިއޭޝަން ރެގިއުލޭޝަންތައް އޮންނަ ގޮތުން ބިރު ދެއްކުމުގެ ވާހަކައެއް ނުދެއްކޭނެ.  އެފަދަ ވާހަކައެއް، އިންޒާރެއް ދީފި ނަމަ އެ މީހަކު ފުރުން ހުއްޓުވަން.  އަދި އެ މީހުން ފުލުހުންނާ ހަވާލުކުރަން. މި މީހުން ވެސް ހަވާލުކުރާނަން،" ޒިޔާދު ވިދާޅުވި އެވެ. "އަދި މިދަނީ އެ މީހުންގެ ރިޕޯޓްތައް ތައްޔާރުކުރަމުން. އެއަށް ފަހު އެ މީހުން ފުލުހުންނާ ހަވާލުކުރާނީ."

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ އެފަދަ މައްސަލައެއް އަދި ފުލުހުންނަށް ލިބިފައި ނެތް ކަމަށެވެ.

ވިލާ އެއާގެ ފްލައިމީގެ މެނޭޖިން ޑިރެކްޓަރު ރިޟްވާން ޝަރީފު "ހަވީރަ"ށް ވިދާޅުވީ 7:30 ހާއިރު ފުރަން އޮތް ބޯޓުގައި ތިބި ހަތަރު ޕަސެންޖަރަކު ބިރު ދެއްކުމުގެ އިންޒާރު ދިނުމުން 45 މިނެޓަށް ފްލައިޓް ޑިލޭވެގެން ދިޔަ ކަމަށެވެ.
މިހުންނަނީ ޢާއްމުން ވިސްނާންޖެހޭ ސީރިއަސް ކަންކަމެވެ. ސަމާސާ ކުރާނީ ސަމާސާ ކުރާވަރުގެ ކަންކަމުގައެވެ. އެހެން ނޫނީ....

ޓެސްޓެއްގައި ކޮޕީކޮށްގެން ދިވެހި އެއާކްރާފްޓް އިންޖިނޭރުން ތަކެއްގެ ލައިސަންސް ބާތިލްކޮށްފި

އެއާކްރާފްޓް އިންޖިނޭރުންނަށް ލައިސަންސް ދިނުމަށް ހަދާ ބައިނަލް އަގުވާމީ އިމްތިހާނެއްގައި ދިވެހި އެއާކްރާފްޓް އިންޖިނޭރުންތަކެއް މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރެވިގެން އެ މީހުންގެ ލައިސަންސް ބާތިލް ކޮށްފި އެވެ.

އެއާކްރާފްޓް އިންޖިނޭރުންނަށް ލައިސަންސް ލިބެނީ ތިޔަރީ ޓެސްޓާއި ޕްރެކްޓިކަލް އިން ފާސްވެގެންނެވެ.

ގްރީސްގެ ހެލެނިކް އޭވިއޭޝަން ޓްރެއިނިން އެކަޑަމީ (ހާޓާ) އިން 2012 ވަނަ އަހަރާއި މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިންޖިނޭރުންނަށް ލައިސަންސް ދިނުމަށް ހިންގި އެ ޓެސްޓާ ގުޅޭ ގޮތުން ގްރީސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ނެރުނު ބަޔާނެއް ގައި ބުނީ، އެ ޓެސްޓްތައް ބާތިލް ކަމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ޓެސްޓްތަކުގެ މައްޗަށް ބިނާކޮށް ދޫކޮށްފައިވާ ލައިސަންސްތައް ވެސް މިހާރު ހިފަހައްޓާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ދުނިޔޭގެ އޭވިއޭޝަން އޮތޯރިޓީތަކާ ގުޅިގެން، އެ ޓެސްޓްގައި ހިނގި ކަމަށް ބެލެވޭ ކަންތައްތަކަކާ ގުޅޭ ތަހުގީގެއް މިހާރު މިދަނީ ހިންގަމުންނެވެ. އަދި އެ ޓެސްޓްތަކަށް ދޫކޮށްފައިވާ ލައިސަންސްތައް ވެސް ވަނީ ހިފެހެއްޓިފަ އެވެ،" ބަޔާނުގައި ވެ އެވެ.

ރާއްޖޭގެ ސިވިލްއޭވިއޭޝަން އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ 12 އިންޖިނޭރެއްގެ ލައިސަންސް މިހާރު ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ލައިސަންސް ބާތިލް ކުރުމުގައި ސީއޭއޭ އިން ތުހުމަތު ކޮށްފައި ވަނީ ޓެސްޓްގައި ކޮޕީ ކުރުމާއި އެގްޒާމިނަރުންނަށް ރިޝްވަތު ދިނުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

 

© 2013 KATS. All rights resevered. Designed by Templateism

Back To Top