ކުއާލަލަމްޕޫރު(މާޗް 8) : މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުން
ފުރައިގެންޗައިނާގެ ބީޖިން އަށް ދަތުރުކުރި މެލޭޝިއާ އެއާލައިންސްގެ
ފްލައިޓް ނަންބަރު އެމްއެޗް 370ގެ މަތިންދާބޯޓާ ގުޅުން ކެނޑިއްޖެ ކަމަށް އެ
އެއާލައިނުން މިއަދު ބުނެފި އެވެ.
މެލޭޝިޔާ އެއަރލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެމްއެޗް 370 ފްލައިޓް ގެއްލުނީ ރޭ މެންދަމު މެލޭޝިއާ ގަޑިން 2:40ގައި ކަމަށާއި ޗައިނާ ގަޑިން ހެނދުނު 6:30 ގައި އެފްލައިޓް ބެއިޖިން އިންޓަނޭޝަނަލް އެއަޕޯޓަށް ޖައްސަންޖެހޭނެ ކަމުގަ އެވެ. ބޮއިން ބީ 200-777 މަރުކާގެ އެ ބޯޓު ދަތުރުކުރަމުން ދިޔައީ 239 މީހުންނާ އެކުގައިކަމަށާއި އޭގެތެރޭގައި ތުއްތު ދެ ކުދިންނާ އެކު 227 ފަސިންޖަރުންނާއި 12 ފަޅުވެރިން ހިމެނޭކަމުގަ އެވެ. އެބޯޓުގެ ފަސިންޖަރުންގެ ތެރޭގައި 13 ގައުމެއްގެ މީހުން ހިމެނޭއިރު މީގެތެރޭގައި ޗައިނާގެ 160 މީހުން ހިމެނޭކަމަށް ޗައިނާގެ ޒިންހުވާ ނޫސްއެޖެންސީ ބުނެ އެވެ.
މެލޭޝިޔާ އެއަރލައިން ގްރޫފްގެ ސީއީއޯ އަހްމަދު ޖަވްހަރީ ޔަހްޔާ ވިދާޅުވީ އެބޯޓާ މެލޭޝިޔާގެ އެއަރޓްރެފިކް ކޮންޓްރޯލާ ގުޅުން ކެނޑުނީ ވިއެޓްނާމް ގެމަތިން އުދުހެމުން ދަނިކޮށެވެ. ދުނިޔޭގެ 80 އެއަރޕޯޓަކަށް ދުވާލަކު ގާތްގަނޑަކަށް 37 ހާހެއްހާ ޕަސެންޖަރުން އުފުލާ މެލޭޝިޔާ އެއަރލައިން އަކީ ނިސްބަތުން މައްސަލަތައް ކުޑަ އަދި ވަރަށް ރަނގަނޅަށް ސަލާމަތާއި މެއިންޓެއިންގެ ކަންތައްތައް ބަލަހައްޓާ އަދި އިތުބާރު ބޮޑު އެއަރލައިން އެކެވެ. މިހާދިސާއާ ގުޅިގެން އެފްލައިޓުން ދަތުރުކުރި މީހުންގެ އާއިލާތަކަށް ވަނީ ބޮޑު ޝޮކެއް ކުރިމަތިވެފަ އެވެ. (ނޫސްއެޖެންސީތައް)

0 comments:
Post a Comment